ކުޅުދުއްފުށިން މަހަށް ގޮސް އުޅުނު މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.
ކުއްލިގޮތަކަށް މަރުވެފައިވަނީ ކުޅުދުއްފުށީ މާޖެހިގޭ އާދަމް އަލީ (58) އެވެ.
އޭނާ މަރުވެފައިވަނީ މެޔަށް ތަދެއް އަރައިގެންކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެހެންނަމަވެސް ކަނޑަށް ވެއްޓުނީ މަރުވެގެން ކަމެއް ނުވަތަ އެ ނޫންގޮތަކަށް ކަމެއް ޔަގީނެއް ނުވެއެވެ.
އޭނާ ކަނޑަށް ވެއްޓުނީ ދޮށި އަޅަން ހުއްޓައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާގެ ފުރާނަ ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި ހަދިސާ ހިނގާފައިވަނީ 6:30 ހާއިރު ކަމަށާއި އޭނާ ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ 7:02 ހާކަށްހާއިރު ކަމަށެވެ.
މި ހަދިސާ ހިނގިއިރު އެ ދޯނި އޮތީ ނޮޅިވަރަމްފަރު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ
އޭނާގެ މައްޗަށް ކަށު ނަމާދުކުރަން ހަމަޖެހިފައިވަނީ މެންދުރުނަމާދަށް ފަހު މަސްޖިދުލް ހަޟާރަތުގަ އެވެ.