twitterviber whatsapp telegramfacebookyoutube instagram
14th May 2025

އިހަވަންދޫ ދާއިރާގެ މެންބަރު ޖޭޕީ ދޫކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގެންފި

Jul 10, 2014

ހއ.އިހަވަންދޫ މެންބަރު މުހައްމަދު އަބުދުﷲ، މުހަންމާ ޖުމްހޫރީ ޕާޓީ ދޫކުރައްވާ ޕްރޮގްރެސިވް ޕީޓީ އޮފް މޯލްޑިވްސް އާ ގުޅިވަޑައިގެންފި އެވެ.

ރޭ މުލިޔާގޭގައި އޮތް ރަސްމިޔާތެއްގައި މުހަންމާ ޕީޕީއެމްއަށް ސޮއިކުރެއްވިއިރު އެ ރަސްމިޔާތުގައި ރައީސް ޔާމީނާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ބައިވެރިވެލެއްވި އެވެ.

މި ރަސްމިޔާތުގައި ޔާމީން ވިދާޅުވީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ޕީޕީއެމްއަށް ލިބިގެންދިޔުމުން އެކަމާ ހިތްހަމަޖެހިފައިވާކަމާއި މެންބަރުން ޕީޕީއެމްއާ ގުޅެމުން ގެންދަނީ އިގްތިސާދީގޮތުން ރާއްޖެ ދެކެން ބޭނުންވާ މަންޒިލަށް ގެންގޮސްދިނުމަށްކަމަށާއި އެފުރުސަތު ސަރުކާރަށް ދިނުމަށްކަމަށެވެ.

މުހަންމާ ޕީޕީއެމްއަށް ބަދަލުވުމުން މިހާރު ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 43 އަރާފަ އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތަކީވެސް 43 މެންބަރުންނެވެ. މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ފަސް މެންބަރުން މަޖިލީހުގައި ތިބެ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި މުހައްމާ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ސަބަބަކީ ރައްޔިތުން ބެނުންވާފަދަ ވެރިކަމެއް މިހާރުކުރަމުންދާތީ ކަމަށާއި އޭނާގެ ދާއިރާގެ ރައްޔިތުން ބޭނުންވަނީ ސަރުކާރާއިއެކު ކުރިއަށްދިއުމަށްކަމުގައިވާތީ އެވެ.

މި ބަދަލާއި އެކު މަޖިލީސް ފެށިއިރު 15 މެންބަރު ތިބި ޖުމްހުރީ މެންބަރުންގެ އަދަދު 12 ވެއްޓިފައިވާއިރު އިދިކޮޅު އެމްޑީޕީގައި މިހާރު ތިބީ 24 މެންބަރުންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޖޭޕީ ދޫކޮށްލެއްވިއިރު އޭނާ ހޮއްވެވުމަށް ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމް ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355