twitterviber whatsapp telegramfacebookyoutube instagram
10th April 2026

ޝަރީއަތަށް ފިލައިގެން އުޅޭ މީހަކު ފުލުހުން ހޯދަނީ

Jul 10, 2014

ހަދީޖާ އާދަމް

ޝަރީއަތަށް ފިލައިގެންއުޅޭ މީހަކު ހޯދުމަށް ވައިކަރަދޫ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުނެރެފައިވަނީ އެރަށު އައިވަރީ ހައުސް، ހަސަން ރަޝީދު (24 އ) ހޯދުމަށެވެ.

އަދި ހަސަން ރަޝީދު ވައިކަރިދޫ ކޯޓަށް ހަޒިރު ކުރެވެންދެން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ދެމިއޮންނާނެ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

ފުލުހުންގެ މައްޗަށް އޭނާ ހޯދުމުގެ އަމުރު ނެރެފައިވަނީ، އަމުރަށް ނުކިއަމަންތެރިވުމުގެ މައްސަލައާ ގުޅިގެން ސަރިއަތަށް ހާޒިރުކުރުމަށް ބޭނުންވެ ދީފައިވާ އެޑްރެހުގައި ނޫޅުމާ، ހަސަން ރަޝީދު ގެ އާއިލާގެ މީހުން އޭނާ އުޅޭ ވަކިތަނެއް ސާފު ވާނެ މައުލޫމާތެއް ދީފައިނުމުވުމާ، ކޯޓުން އޭނާ ފޯން ނަންބަރަށް ގުޅައި މައުލޫމާތު ސާފުކޮށް ދިނުމަށް އެދުމުން އެކަމަށް އިޖާބަ ދީފައިނުވާތީ 13 ޖުލައި 2014 ވަނަ ދުވަހު ކޯޓަށް ހަޒިރުކޮށް ދިނުމަށް އެދި ކަމުގައި ޕުލުހުން މައުލޫމާތުދެ އެވެ.

ހަސަން ރަޝީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސަ ޕޮލިސް ސާރވިސް ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭސަން ނަމްބަރު 9791382 ނުވަތަ 6528851 ހިއްސާ ކުރެއްވުމަށް ފުލުހުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355