twitterviber whatsapp telegramfacebookyoutube instagram
14th May 2025

އިންސާނުންގެ ހަށިގަނޑު 6000 ޑޮލަރަށް ނައިޖީރިޔާގައި ވިއްކައިފި

Jul 10, 2014

ނައިޖީރިޔާގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިންސާނުންގެ މަހާއި ހަށިގަނޑުގެ އެކިއެކި ގުނަވަންތައް ވިއްކުމުން ދިޔަ ގޭންގެއް ހައްޔަރުކޮށްފި އެވެ. މި ގޭންގުން ދިޔައީ އިންސާނުންގެ ހަށިގަނޑެއް 6000 ޑޮލަރަށް ވިއްކަމުންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އަންޑަރ ކަވާ އޮޕަރޭޝަނެއްގަ އެވެ. ފުލުހުންގެ އަންޑަރ ކަވާ އެޖެންޓެއް މި އޮޕަރޭޝަންގެ ދަށުން އަންހެނެއްގެ ބޯ ގަންނަން މަސައްކަތްކުރި އެވެ. އެ ގޭންގުން އޭނާއަށް 200 ޑޮލަރަށް ބޮލެއް ވިއްކަން ހުށައެޅި އެވެ.

ފުލުހުން ތަން ރެއިޑްކޮށް ގޭންގުގެ މެންބަރުން އަތުލައިގަތްއިރު އެތަނުން އެތައް އިންސާނެއްގެ ހަށިގަނޑާއި ގުނަވަންތައް ފެނިފައިވެ އެވެ.

ފުލުހުން ބުނާގޮތުގައި އެމީހުން އިންސާނުންގެ ހަށިގަނޑު ހޯދަނީ މަގުމަތީ އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ހަށިތަކާއި ހޮސްޕިޓަލުގައި މަރުވެފައިވާ މީހުންގެ ހަށިތައް އެއްކޮށްގެންކަމަށެވެ. އަދި މީހުން ވަގަށް ނަގައިގެން ވެސް މި މީހުން އެ ވިޔަފާރި ކުރަމުންދިޔަކަމުގައި ނައިޖީރިޔާގެ ފުލުހުން ބުނެ އެވެ.

ގޭންގު މެންބަރަކު ފުލުހުންނަށް ދިން ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިރިހުރި އިންސާނުންނަށް ވުރެ އިންސާނުންގެ ފުރާނަ ނެތް މަސްގަނޑުން އެމީހުންނަށް މާ ބޮޑު ފައިދާއެއް ވާކަމުގަ އެވެ. ދިރިހުރި އިންސާނެއްގެ އަގެއް ކަމުގައި 250 ޑޮލަރު ވާއިރު ފުރާނަ ނެތް ހަށިގަނޑެއްގެ އަގަކީ 6000 ޑޮލަރުކަމުގަ އެވެ.

މީގެ ކުރިންވެސް ނައިޖީރިއާއިން ވަނީ ރެސްޓޯރެންޓެއްގައި އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުން ތައްޔާރުކޮށްފައި ހުންނަ ޑިޝްތައް ސާރވް ކުރާތީ ބަންދުކޮށްފަ އެވެ. އެ ރެސްޓޯރެންޓުގެ މެނޫގައި ރޯސްކޮށްފައި ހުންނަ އިންސާނުންގެ ބޮލާއި އެކިއެކި ގުނަވަނުން ހަދާފައި ހުންނަ ސޫޕު ހިމެނިފައިހުރެ އެވެ.

ނައިޖީރިއާ އަކީ ކިޔަވައިގެން ތިބޭ މީހުން މަދު ގައުމަކަށްވާއިރު ބޯދާ ހިޔާލުތަކާއި ގޮތްތައް އަމަލުކުރަމުންދާ ބަޔަކު އުޅޭ ގައުމަކަށްވާއިރު، އެ ގައުމުގައި ސިހުރާއި ފަންޑިތަ ހެދުމަށް އިންސާނުންގެ ހަށިގަނޑާއި ގުނަވަންތަކުގެ ބޭނުންކުރެ އެވެ.

– އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް – އިންޑިއާ –

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355