twitterviber whatsapp telegramfacebookyoutube instagram
14th May 2025

ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދީފަވަނިކޮށް ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

Jul 12, 2014

ރޯދަމަހު އެއްވެސް ރަށަކުން ކަރަންޓު ނުކެނޑޭނެކަމަށް ފެނަކައިން ބުނެފައި ވަނިކޮށް އިއްޔެ ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ އެވެ.

އިއްޔެގެ 5:25 ހާއިރުން ފެށިގެން ދިޔައީ ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުންނެވެ. ބައެއް ހިސާބުތަކުގައި ދޮޅުގަޑިއިރަށްވުރެ ގިނަ އިރު ކަރަންޓު ކެނޑިފައި ހުއްޓެވެ.

އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި ކަރަންޓު ކެނޑޭނެ ވާހަކަ ކައުންސިލް އިދާރާގެ އަޑުގަދަ ކުރާއިން ގޮވާފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި މައްސަލަ ޖެހުނީ އެންމެ ބޮޑު ޖަނަރޭޓަރުގެ އެކްސައިޓަރ ގަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ފޯރުކޮށްދެމުންދާ އެއްވެސް ރަށަކުން މި ރޯދަ މަހު ކަރަންޓް ކަނޑައިގެން ނުދާނެ ކަމުގެ ޔަގީކަން އެބަ އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވަނީ އެ ކުންފުނީގެ ދެ ވަނަ އަހަރީ ޖަލުސާގައި ވިދާޅުވެފަ އެވެ.

ކަލާފާނު ސުކޫލުގައި ޖޫން 27 ވަނަ ދުވަހުގެ ރޭ އޮތް މި ޖަލްސާގައި ނިމާލު އިތުރަށް ވިދާލުވެފައިވަނީ ރަމަޟާން މަހުގެ ތެރޭގައި އެއްވެސް ރަށަކުން ޓެކްނިކަލް މައްސަލައެއްގައިވެސް އަދި ކެޕޭސިޓީގެ މައްސަލައެއްގައިވެސް ކަރަންޓް ކަނޑައިގެން ނުދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމުގަ އެވެ.

އެހެން ނަމަވެސް ދިމާވާ މައްސަލައިއެއްގައި އިންޖީނެއް ނިވުމަކީ ވެދާނެ ކަމެއް ކަމަށާއި އެއީ ކުންފުނިން ފޯރުކޮށްދޭން ޖެހޭ އެއްޗެއް ނެތިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355