twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކޮންމެ ދުވަހަކު ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި

Jul 13, 2014

އުރީދޫއިން ކޮންމެ ދުވަހަކު ފޯނަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ރަމަޟާންމަހު ކޮންމެ ދުވަހަކު އެސްއެމްއެސްއެއް ފޮަނުވައިގެން ކޮންމެ ދުވަހަކު ހިލޭ 50 އެމްބީ ޑޭޓާ ބޭނުން ކުރަން ލިބިގެންދާނެ ކަމަށް އުރީދޫ ކޮމާޝަލް ޑިރެކްޓަރ އެސްޕީ ސަރަތީ ވިދާޅުވި އެވެ.

މޯބައިލް ފޯނަށް ހިލޭ ޑޭޓާ ހޯދުމަށް ކޮންމެ ދުވަހެއްގެ ހެނދުނު ހަތަކާއި ނުވަޔަކާ ދެމެދު މެސެޖެއްގައި “GO” ޖެހުމަށްފަހު 5500 އަށް ފޮނުވުމުން ވަގުތުން ފޯނަށް 50އެމްބީ މި ޕްރޮމޯޝަނުގައި ލިބިގެންދެ އެވެ.

މިޕްރޮމޯޝަންގައި އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ކަސްޓަމަރުންނަށް މި ރަމަޟާންމަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

މަދުވެގެން 10ރ ފޯނުން ހަރަދު ކުރެއްވުމުން، އޭގެ ފަސްގުނަ ކްރެޑިޓް އިތުރަށް ލިބިގެންދާ ޕްރޮމޯޝަނެއްވެސް އުރީދޫއިން ވަނީ މި ރަމަޟާން މަހާ ދިމާކޮށް ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355