twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނެދަލޭންޑްސް އަތުން ބަލިވެ ބްރެޒިލްއަށް އިތުރު ހިތްދަތިކަން

Jul 13, 2014

ވޯލްޑްކަޕްގެ ތިންވަނަ ހޮވާ މެޗުން ނެދަލޭންޑްސް އަތުން 3-0 އިން ބަލިވެ ބްރެޒިލް އަށް އިތުރު ހިތްދަތިކަން ކުރިމަތިވެއްޖެ އެވެ.

ރޭގެ މެޗުގެ ތިންވަނަ މިނެޓްގައި ނެދަލޭންޑްސްގެ ކެޕްޓަން ވޭން ޕާސީ ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ނެދަލޭންޑްސްގެ އާރެން ރޮބެންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ވެސް ކުއާޓަރއިން ނެދަލޭންޑްސް އަތުން 2-1 އިން ބަލިވެ ކެޓި ބްރެޒިލްއަށް އިތުރު ނުތަނަވަސްކަމެއް ލިބުނީ ބްރެޒިލްގެ ޑިފެންޑަރ ޑޭވިޑް ލުއިޒްއަށް ހެދުނު ގޯހަކުން ނެދަލޭންޑްސްގެ ޑަލޭ ބްލައިންޑް އިތުރު ގޯލެއް ކާމިޔާބުކުރުމުންނެވެ.

ނެދަލޭންޑްސް ޓީމުގެ ވިޖްނާލްޑަމް ވަނީ މެޗުގެ އިތުރުވަގުތުގެ ކުޅުމުގައި އެޓީމުގެ ތިންވަނަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. 39 އަހަރުގެ ތެރޭގައި ބްރެޒިލްގެ އަމިއްލަ ފަސްގަނޑުގައި ފުރަތަމަ ފަހަރަށް ލަދުވެތި ގޮތަކަށް ޖާމަނީ އަތުން 7-1 އިން ބަލިވިތާ މާގިނަ ދުވަސްތަކެއް ނުވެ ބްރެޒިލްއަށް ރޭ ވަނީ އިތުރު ލަދުވެތި ކަމަކާ ކުރިމަތިވެފަ އެވެ.

މި ވޯލްޑްކަޕްގައި ޖުމްލަ 13 ގޯލް ބްރެޒިލް ކޮޅަށް ވެދެފައިވާއިރު މިއީ ވޯލްޑްކަޕެއްގައި ބްރެޒިލް ކޮޅަށް އެންމެ ގިނަ ގޯލް ވަތް ވޯލްޑްކަޕެވެ. މީގެ ތެރެއިން 10 ލަނޑު ވަދެފައިވަނީ އެންމެ ފަހުން ކުޅެވުނު ދެ މެޗުގަ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދައިދިން ކޯޗް ލުއިޒް ފެލިޕޭ ސްކޯލާރީގެ އިރުޝާދުގެ ދަށުން މި ވޯލްޑްކަޕަށް ނުކުތް ބްރެޒިލްގެ ޓީމަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ރޮނާލްޑީނިއޯ، ކާކާ، ރޮބީނިއޯ ފަދަ ކުޅުންތެރިން ނުލައި ސްކޮޑް ނެގުމުން ގިނަ ބަޔަކު ވަނީ ސްކޮލާރީއާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.

މިރޭ ދަންވަރު 0000 ގައި ވޯލްޑްކަޕްގެ ފައިނަލުގައި ޖާމަނީ އަދި އާޖެންޓީނާ ކުޅެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355