twitterviber whatsapp telegramfacebookyoutube instagram
14th May 2025

ފަލަސްތީނުގެ މުސްލިމުނަށް ދެމުންދާ ލާއިންސާނީ ހަމަލާތަށް ކުޅުދުއްފުށީ ކައުންސިލުން ހަރުކަށިކޮށް ކުށްވެރިކޮށްފި

Jul 13, 2014

ހައްދުފަހަނަ އަޅާފައިވާ އިސްރޭއިލުގެ ޔަހޫދީ ފަލަސްތީނަން ދެމުންދާ ލާއިންސާނީ ހަމަލާތަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކުޅުދުއްފުށީ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

މިކަން ކުށްވެރިކޮށް ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ޒަޔަނިސްޓް އިސްރޭއިލުގެ ހައްދުފަހަނަ އަޅާފައިވާ އިޒުރޭއިލުގެ ސަރުކާރުން ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގަ އެވެ.

މި ލާއިންސާނީ އުދުވާނުގައި ޝަހީދުވަމުންދާ ފަލަސްތީނުގެ އެންމެހާ މުސްލިމުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމަށް މި ނޫސްބަޔާނުގައި ދުއާ ކޮށްފައިވާއިރު ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުނާއި ކައުންސިލުންވަނީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ނޫސްބަޔާން ނިންމާލާފައިވަނީ އެންމެހާ މުސްލިމުންނަށް ކެތްތެރިކަމާއި ނަސްރު ދެއްވާ އަދި ޒަޔަނިސްޓުން ބަލިކުރައްވާ ނެތިކުރެއްވުމަށް މާތްﷲ ހަސްރަތުގައި ދުއާ ދަންނަވަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރޭއިލުން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ހަމަލާދެމުންދާތާ 6 ދުވަސް ވެފައިވާއިރު ފަލަސްތީނުގެ 145 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި އެތައް މައުސޫމު ކުޑަކުދިންނެއް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355