ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން މާދަމާ ކުޅުދުއްފުށީގައި އަޑު އުފުލަން ހަމަޖެހިއްޖެ އެވެ.
މި ހަރަކާތް އިންތިޒާމް ކުރަނީ ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން އޮފް ކަލްޗަރަލް އެންޑް ސޯސިއަލް ކޯޕަރޭޝަން ( އޭސީއެސްސީ) އިންނެވެ. .
އެ ޖަމިއްޔާގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މި ލޮރީ ބުރު ފެށޭނީ މާދަމާ 16:30 ގައި ޖަލާލުއްދީން ސްކޫލުކައިރިން ކަމަށާޢި މި ލޮރީ ބުރު ނިމޭނީ އެ ޖަމިއްޔާގެ އިދާރާ އަލިޝާއާ ދިމާލު އަތިރިމަގަށްކަމުގާ އޭނާ މައުލޫމާތު ދިނެވެ.
މި ލޮރީ ބުރުގައި އިޒްރޭއިލުގެ ހަމަލާތަކުގައި މަރުވެ އަދި ޒަހަމުތައް ލިބިފައިވާ ފަރާތްތަކުގެ ފޮޓޯތައް ބޭނުން ކުރޭވޭނެކަމުގައިވެސް އޮފިޝަލު މައުލޫމާތު ދިނެވެ. އަދި މި ލޮރީ ބުރުގައި ކުޅުދުއްފުށީގެ ވީހާވެސް ގިނަ ރަށްޔިތުން ބައިވެރިވުމަކީ އެ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް ފާހަގަކުރި އެވެ.
މި ލޮރީބުރުގައި ސައިކަލުގަޔާއި ކާރުގައި ޝައުގުހުރި ކޮންމެ ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް އިރު މި ލޮރީބުރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ކުރިމައްޗަށް މާދަމާ 16:30 ށް ހާޒިރުވުމަކީ އެ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރޭއިލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާގާ މިހާތަނަށް ފަލަސްތީނުގެ 145 މީހުން ޝަހީދުކޮށްލާފައިވާއިރު އިސްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑު ވަޒީރު ވަނީ ހަމަލާތަށް ދިނުން ނުހުއްޓާނެކަމަށާއި ހަމަލާތަށް ވަރުގަދަ ކުރާނެކަމަށް ގޮވާލާފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ވެސް ވަނީ މިއަދު އިސްރޭއިލުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.