twitterviber whatsapp telegramfacebookyoutube instagram
14th May 2025

ރޯދަމަހު ދަރިވަރުން ގޭގައި ތިބެގެން ހަދާނެ ފިލާވަޅު ހދ. އަތޮޅު ތައުލީމީ މަރުކަޒަކުން ނުދޭ !

Jul 15, 2014

ހަދީޖާ އާދަމް

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން ރޯދަމަހަށް މެދުކަޑާލާފައިވީ ނަމަވެސް، ދަރިވަރުން ގޭގައި ތިބެ ހަދާނެ ފިލާވަޅު ތައްޔާރުކުރަން ސްކޫލުތަކަށް އަންގައިފައި ވީނަމަވެސް ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ން އެގޮތަށް އަމަލުކުރަމަކުން ނުދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލަރ އާ އެއްގޮތަށް ހދ. އޭއީސީގައި މި ރޯދަމަހު އަމަލުކުރަމުން ނުދާ މައްސަލާގައި އެ ސްކޫލު ހިންގެވުމާ ހަވާލުވެހުރި ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ރަޝީދު މި ނޫހަށް ވިދާޅުވީ ރޯދަމަހު ސްކޫލުގައި ކުރިއަށް ގެންދަނީ، ލިޔަންކިޔަން ނޭގޭ ކުދިންނަން ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުލާސްތަކެއް އެކަނި ކަމަށާއި އިތުރު ދަރިވަރުންނަން ހާއްސަކޮށްގެން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރޯދަމަހު ވޯކްޝީޓް ހެދުންފަދަ އިތުރު އެއްވެސް ކަމެއް ކުރިއަށް ރާވާފައިވެސް ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދަރިވަރުން ގޭގައިތިބެގެން ކިޔަވާނެ ފިލާވަޅުތައް ތައްޔާރު ކުރުމުގައި ޓީޗަރުން އަމަލުކުރާނެ ގޮތާއި އަދި ރޯދަމަހު ސްކޫލުގެ ކިޔެވުން މެދުކަނޑާލާފަ އޮންނަ މުއްދަތުގައި ސްކޫލުތަކުން އަމަލުކުރާނެ މައިގަނޑު ހަ ކަމެއް ބަޔާންކޮށް މިނިސްޓްރީން ސްކޫލުތަކަށް އަންގާފައި އެވެ.

އެ ލިޔުމުގައި އެ މިނިސްޓްރީން ބުނީ ރޯދަ މަހު ޓީޗަރުން ސްކޫލަށް ނިކުމެ، އެ ޓީޗަރަކު ކިޔަވައިދޭ ގްރޭޑަށް ބޭނުންވާ ލެސަން ޕްލޭނާއި މާކިން ސްކީމް ތައްޔާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ކިޔަވައިދޭ ގްރޭޑްގެ ދަރިވަރުން ރޯދަ މަހު ގޭގައި ތިބެގެން ކިޔަވާނެ ހޭންޑްއައުޓް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ހޭންޑްއައުޓް ސްކޫލުން ބެލެނިވެރިންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ލިޔުމުގައިވެ އެވެ.

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުން ދަނީ މިނިސްޓްރީ އެންގުމާ އެއްގޮތަށް ދަރިވަރުން ގޭގައި ތިބެގެން ހަދާނެ ފިލާވަޅުތައް ތައްޔާރުކޮށް ބެލެނިވެރިންނާ ހަވާލުކުރަމުން ކަން ފާހަގަކޮށްލެވެ އެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ރޯދަމަހު ހާއްސަ އެކްސްޓްރާ ކުލާސްތަކެއް ދަނީ ނަގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355