twitterviber whatsapp telegramfacebookyoutube instagram
14th May 2025

ޒިގްޒެގް ރަމަޟާން ކަޕް 6 ފެށިއްޖެ

Jul 14, 2014

ރަމަޟާން މަހާ ދިމާކޮށް ޒިގްޒެގުން ބާއްވަމުން އަންނަ ރަމަޟާން ކަޕް ފުޓްސަލް މުބާރާތް ފެށިއްޖެ އެވެ.

މިއީ މިގޮތަށް ޒިގްޒެގުން އިންތިޒާމްކުރި ތިންވަނަ ފުޓްސަލް މުބާރާތެވެ. ޖުމްލަ 10 ޓީމު 2 ގުރޫޕަކަށް ބަހާލައިގެން ކުޅެވޭ މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ލޮސް ރޯޖޯސް އަދި ލެސް ބުލޫސް ކުޅުނު މެޗު 6-3 ލަނޑުން ކާމިޔާބުކޮށްދިނީ ލޮސް ރޯޖޯސް އެެވެ. އަދި ދެވަނަ މެޗުގައި އަޒްޓެކްސް އަދި ސިއެޓެ އަމީގޯސް ބައްދަލުކޮށް މެޗުވަނީ 4-4 އިން އެއްވަރުވެފަ އެވެ.

ފުރަތަމަ ކުޅުނު މެޗުގައި މޭން އޮފް ދަ މެޗު ހޯދި ލޮސް ރޯޖޯސްގެ ޖާޒީ ނަންބަރު 8 އަހްމަދު މުހައްމަދު (ވެނިސް) ވަނީ އެ ޓީމަށް ތިން ލަނޑު ޖަހާދީފަ އެވެ. އަދި އެޓީމުގެ ޖާޒީ ނަންބަރު 7 ހާމިދު ރަޝީދުވެސް ވަނީ އެ ޓީމަށް 3 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ލެސް ބުލޫސްގެ ލަނޑުތައް ޖަހައިދިނީ ޖާޒީ ނަންބަރު 7 އިބްރާހީމް އަލީ އާއި ޖާޒީ ނަންބަރު 5 އަހްމަދު އަބްދުލް ސައްތާރު އެވެ. އެ ޓީމުގެ ތިންވަނަ ލަނޑަކީ ލޮސް ރޯޖޯސްގެ އަހްމަދު މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ސިއެޓެ އަމީގޯސް އަދި އަޒްޓެކްސްގެ މެޗު 4-4 އިން އެއްވަރުވި އިރު ސިއެޓެ އަމީގޯސް ގެ ލަނޑުތައް ޖަހައިދިނީ ޖާޒީ ނަންބަރު 6 މުހައްމަދު ދާވޫދު އަދި ޖާޒީ ނަންބަރު 87 އަންވަރު އާދަމް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 2 ގޯލު ޖަހާދީފަ އެވެ. އަޒްޓެކްސް ގެ  ޖާޒީ ނަންބަރު 6 އަހްމަދު އަބްދުލް ރަހްމާން (އިއްލެ) 2 ލަނޑު ޖަހާދީފައިވާއިރު ޖާޒީ ނަންބަރު 11 އަލީ ރިޒާ (ލޭކޮކާ) އަދި ޖާޒީ ނަންބަރު 4 މައުމޫން އަބްދުލް ރަހީމް (މާންބެ) ވަނީ 1 ލަނޑު ޖަހާދީފަ އެވެ. މި މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިއެޓެ އަމީގޯސްގެ ޖާޒީ ނަންބަރު 6 މުހައްމަދު ދާވޫދެވެ.

މިއަދުވެސް މި މުބާރާތުގެ ދެ މެޗު ކުޅެވޭއިރު މިއަދު ކުޅެވޭ ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލުކުރާނީ އެސްޓްރެލާސް އަދި ސެވެން ވޮންޑާސް އެވެ. އަދި ދެވަނަ މެޗުގައި 17:15 ކުޅޭނީ ޒޮކޮން އަދި ޓެލްސްޓާރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355