twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށިން ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކައިފި

Jul 16, 2014

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ބުނި ގޮތުގައި ކުޅުދުއްފުށިން ޒަކާތުގެ ގޮތުގައި އެ ކައުންސިލަށް 100925ރ. ދައްކާފައި ވެއެވެ.

ކައުންސިލުން ހިއްސާކުރި މައުލޫމާތުގައިިވާ ގޮތުގައި ކުޅުދުއްފުށިން 6832 މީހުން ޒަކާތް ދައްކާފައި ވެއެވެ.

މި އަހަރުގެ ފިތުރު ޒަކާތް ނަގަން ހަމަޖެހިފައިވަނީ އެމީހަކު ނުވަތަ އެބަޔަކު އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ އެވެ. ނުވަތަ 2.4 ކިލޯ އަދަދަށްވާ ފައިސާ އެވެ.

ފައިސާއިން މީހަކަށް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12ރ. އަދި ތައިލެންޑު ހަނޑުލުން ނުވަތަ ބާސްމަތީ ހަނޑުލުންނަމަ 53ރ. އެވެ. އަދި ސުލްތާން ނުވަތަ ރަތްހަނޑުލުންނަމަ 78ރ. އެވެ.

އެގެއެއްގައި އާއްމު ގޮތެއްގައި ފުށް ކެއުމުގައި ބޭނުންކުރާނަމަ ޒަކާތް ދައްކަންޖެހޭނީ އާދައިގެ ހަނޑުލުގެ ރޭޓުން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކުރެއެވެ.

ފިތުރު ޒަކާތް ބަލައިގަތުން އޮންނާނީ ހެނދުނު 10:30 ން މެންދުރުފަހު 01:00 އަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ކުޅުދުއްފުށީގައި ފަގީރުންގެ ގޮތުގައި 1292 މީހަކު ރަޖިސްޓްރީކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355