twitterviber whatsapp telegramfacebookyoutube instagram
1st June 2026

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް ހއ. އަތޮޅު ކައުންސިލުން ބަޔާނެއް ނެރެފި

Jul 15, 2014

ހަދީޖާ އަދާމް

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އުދުވާނު ހއ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުގެ އުދުވާނު ކުށްވެރިކޮށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ނެރުނު މި ނޫސް ބަޔާނުގައި، ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ މައުސޫމް ރައްޔިތުނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ދެމުންގެންދާ ލާއިންސާނީ އަނިޔާރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ. އަދި މި ހަރުކަށި އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނާ ކުކުޅުންތަކާމެދު ހަމްދަރުދީ ފާޅުކުރައްވާފަ އެވެ.

މި ނޫސްބަޔާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުން ދާ އަނިޔާތަކުން ސަލާމަތްކޮށްދެވުމަށް އެދި ދުއާކޮށްފައިވާއިރު އެ ކައުންސިލާ ހއ އަތޮޅުގެ އެންމެހާ ރައްޔިތުން އިޒްރޭލުގެ މި އަމަލުތައް ކުށްވެރި ކުރާކަން ހާމަކޮށްފަ ވެއެވެ.

ހއ. އަތޮޅު ކައުންސިލުގެ ބަޔާން ނިންމާލާފައިވަނީ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް، ފަލަސްތީނުގެ މުޖާހިދުންނައް ނަސްރު ދެއްވުމަށް އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ އުދުވާނު ކުށްވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355