twitterviber whatsapp telegramfacebookyoutube instagram
1st June 2026

ވާރޭ ވެހުން މަދުވެ، ފެނަށް ޖެހުމުން ކުޅުދުއްފުށީގައި އިސްތިސްްޤާ ނަމާދުކުރަނީ

Jul 16, 2014

ވާރޭ ވެހުން މަދުވެ، ފެނަށް ޖެހިފައިވާތީ ކުޅުދުއްފުށީގައި އިސްތިސްޤާ ނަމާދުކުރަން ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ވާގޮތުން މި ނަމާދުކުރަން ހަމަޖެހިފައިވަނީ މި އަންނަ ހޮނިހިރު ދުވަހުގެ 13:00ގައި މަސްޖިދުލް ހަޟާރަތުގަ އެވެ.

އެ އިއުލާނުގައި އިތުރަށް ވަނީ ވާރޭ ވެހެން މަދުވުމުމާއި ރޯދި ބަރަކާތް މަދުވުމުން އަދި ތިމާމެންގެ މަސައްކަތުގެ، ބަރަކާތް ނެތިދިއުން އަދި ދިރިއުޅުން ހިތްހަމަޖެހުމެއް ނުލިބިދަނީ މާތްﷲއަށް އުރެދި ފާފަތަކަށް އަރައިގަތުން ގިނަވުމުން ކަމުގާކަމުގަ އެވެ.

އެހެންކަމުން ފާފަތަކުން ދުރުހެލިވެ ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށާއި ގާތްތިމާގެ ގުޅުން ވަރުގަދަކުރުމަށް އަދި ފޯރުންތެރިކަން ހުރި މިންވަރަކުން ޞަދަގާތްކުރުން ގިނަކުރުމަށާއި މުދަލުގެ ޒަކާތާއި ހާއްސަކޮށް ރަމަޟާންމަހު ކޮންމެ މުސްލިމުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ފިތުރު ޒަކާތް ލަސްނުކުރައްވާ އަދާކުރުމަށް އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް މި އިއުލާނުގައި ހަނދާންކޮށްދީފައިވެ އެވެ.

ވާރޭ ފެންނެގޭ ގޮތަކަށް ވާރޭ ކުޅުދުއްފުއްޓަށް ނުވެހޭތާ ވަނީ ދުވަސްތަކެއް ވެފަ އެވެ.

23 މެއި 2014 ގައި ވަނީ ހއ. އިހަވަންދޫގައިވެސް އިސްތިސްޤާ ނަމާދުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355