twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހުސްބިމެއްގައި ފިތުރު އީދު ނަމާދު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑު ފޮށްޓެއް ހުޅުވަނީ

Jul 17, 2014

ކުޅުދުއްފުށީގައި މި އަހަރުގެ ފިތުރު އީދު ނަމާދު ހުސްބިމެއްގައި ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑު ފޮށްޓެއް މީރޭ ހުޅުވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޖަލާލުއްދީން ސްކޫލުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ދީނީ ދަރުހެއްގައި މި ފަންޑު ފޮށި ހުޅުވަން ހަމަޖެހިފައިވާއިރު މި ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ “އެމްއޯސީ ބުކް ޝޮޕް”ގަ އެވެ.

މިރޭ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ  ޝައިހު އަހުމަދު ސަމީރު އެވެ.

ހާމަތަނެއްގައި އެއް ޖަމާއަތެއްގައި ފިތުރު އީދު ނަމާދު ކުރުމަށް ފަންޑު ރައިޒް ކުރުމަށްޓަކައި މިހާރުވެސް ވަނީ ކުޅުދުއްފުށީ “އައިލެންޑް ފްރީޒް” އަދި “ވަފާ” ފިހާރައިގައި ފަންޑު ފޮށްޓެއް ބަހައްޓާފަ އެވެ.

މިދިޔަ އަހަރުގެ އަޟްހާ އީދު ނަމާދުވެސް ކުރެވުނު ޒޯން ސްޓޭޑިމުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަން ހަމަޖެހިފައިވާއިރު މިތަނުގައި 8000 މީހުންގެ ޖާގަ ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355