twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް މަދަހަ މުބާރާތް ކުރިއަށް ދަނީ

Jul 17, 2014

ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް މަދަހަ މުބާރާތް ކުރިއަށް އެބަދެ އެވެ.

ޖަލާލުއްދީން ސްކޫލުގެ ހަތަރު ހައުސް ކަމުގައިވާ އެމަރަލްޑް، ޓޮޕާޒް، ސަފާޔަރ އަދި ރޫބީ ގެ މެދު ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ހައުސަކުން 10 ކުދިން ބައިވެރިވެފައިވާއިރު ކޮންމެ ހައުސެއްގެ ގުރޫޕު މަދަހަ އެއް ހުށެއެޅުންވެސް އޮންނާނެކަމުގައި އެ ސްކޫލުގެ ލީޑިންގ ޓީޗަރ ޝަރީފާ އަލީ މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ މި މުބާރާތުގެ މަގުސަދަކީ ހުނަރު ތިބި ކުދިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައިވެސް ޝަރީފާ ވިދާޅުވި އެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަހުމަދު އާދަމް ތުޅާގިރި، އިމުރާން ސައީދު އަސުރު، މަރިޔަމް ޒަކަރިއްޔާ ހިތިގަސްދޮށުގެ އަދި އިބުރާހިމް މުހައްމަދު ވަރުދީ އެވެ.

މިއަދު ކުރިއަށް ގެންގޮސް ނިންމާލުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ސްކޫލުން ހުޅުވުމުންކަމުގައި ޝަރީފާ އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355