twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނުގައި 70 އަށްވުރެ ގިނަ ވެހިކަލް ފާސްކޮށްފި

Jul 21, 2014

ރޯދަމަހު ކުޅުދުއްފުށީގައި ފުލުހުން ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނުގައި 70 ވުރެ ގިނަ ވެހިކަލް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި މަހު 19 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ ޓްރެފިކް އޮޕަރޭޝަނުގައި 71 އެއްގަމު އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ 3 ޕިކަފާއި 4 ކާރުގެ އިތުރުން 64 ސައިކަލުކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މި ޓްރެފިކް އޮޕަރޭޝަނުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި 20 އުޅަނދެއް ދުއްވި ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް ކުޅުދުއްފުށީގައި ހަފުތާއަކު ހަތަރު ދުވަހު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށް ގެންދާކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355