twitterviber whatsapp telegramfacebookyoutube instagram
12th August 2026

އޭއީސީގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް އަހުމަދު އަބްދުﷲ ހަމަޖައްސަވައިފި

Jul 21, 2014

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ ހަމަޖައްސަވައިފި އެވެ.

އެ ސްކޫލުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް އަހުމަދު އަބުދުﷲ ހަމަޖައްސަވާފައިވާކަން އިއުލާނުކުރީ މިއަދު އެވެ.

މި މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިންފޮމޭޝަން އޮފިސަރެއް ހުންނަން ޖެހޭނެ އެވެ.

އިންފޮމޭޝަން އޮފިސަރުންގެ ޒިންމާގެ ތެރޭގައި އެ އިދާރާއެއްގެ މައުލޫމާތު ބަލަހައްޓާނެ ގޮތާއި އެ މައުލޫމާތުތައް ދޫކުރާނެ ގޮތުގެ ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކަށް އަމަލު ކުރުމާއި ކުރުވުމުގެ ރޫހު އާލާކުރުން ހިމެނެ އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރުގެ ނަމާއި މަގާމު އަދި އެ އޮފިސަރަކާ ގުޅޭނެ ގޮތް ވީހާ ވެސް ފުޅާކޮށް ރައްޔިތުންނަށް ފަހިކޮށްދޭން ޖެހެ އެވެ. އިންފޮމޭޝަން އޮފިސަރުން ކަނޑައަޅާނީ އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަމަށް ގާނޫނުގައިވެ އެވެ.

އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ އިތުރުން އެ އިދާރާއެއްގެ އެހެނިހެން މަސައްކަތްތައް އިންފޮމޭޝަން އޮފިސަރުން ކުރުމަށް ގާނޫނު ހުރަހެއް ނާޅަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355