twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ބޭފުޅުން ހަމަޖައްސަވައިފި

Jul 23, 2014

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގައި އިންފޮމޭޝަން އޮފިސަރުކަމުގެ މަގާމަށް ބޭފުޅުން ހަމަޖައްސަވައިފި އެވެ.

ކުޅުދުއްފުށީގައި ސާނަވީ ތައުލީމަށް ކިޔަވައިދޭ މި ދެ ސްކޫލުގެ ތެރެއިން ޖަލާލުއްދީން ސްކޫލުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދު އެވެ.

އަފީފުއްދީން ސްކޫލުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖެއްސަވާފައި ވަނީ އެ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޕްރިންސިޕަލް އާދަމް މޫސާ އެވެ.

ދައުލަތުގެ ކޮންމެ އިދާރާއެއްގައި މައުލޫމާތު ފޯރު ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިންފޮމޭޝަން އޮފިސަރެއް ހުންނަން ޖެހޭނެކަމަށް މި މަހު 12 ވަނަ ދުވަހު އަމަލު ކުރަންފަށާފައިވާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 36 ވަނަ މާއްދަގައި ބުނެފައި ވެއެވެ.

މި ދެ ސްކޫލުން އިންފޮމޭޝަން އޮފިސަރެއް އައްޔަންކޮށްފައިވާއިރު ހދ. އަތޮޅު ތައުލީމީ މަރުކަޒުންވެސް ވަނީ އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައެވެ. އެ ސްކޫލުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355