twitterviber whatsapp telegramfacebookyoutube instagram
28th November 2026

ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުންސިލުން ހުޅުވައިލައިފި

Jul 23, 2014

ކުޅުދުއްފުށީ ކައުންސިލާއި ނޭޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

15 ދުވަހުގެ މުއްދަތަށް ހިންގަން ހަމަޖެހިފައިވާ މި ދެ ކޯހަކީ އާރޓް އަދި ޕާރފޯމިން އާރޓްސް އެވެ.

މި ދެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދެއެވެ.

އޯގަސްޓް 15 އިން 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދެ ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހިލޭ އެވެ.

ކައުންސިލުން މައުލޫމާތު ދިންގޮތުގައި “އާރޓް ކޯސް” ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އަލީ އާދަމް މަނިކު އެވެ. އަދި ޕާރފޯމިން އާރޓްސް ކިޔަވަދެއްވުމަށް ހަމަޖެހިފައިވަނީ އުމަރު ޒާހިރު އެވެ.

25 މީހުންގެ ޖާގަ ކޮންމެ ކޯހެއްގައި އޮންނައިރު ކޯހުގައި ބައިވެރިވުމަށް މުއްދަތުހަމަނުވާ އައިޑީ ކާޑުގެ ކޮޕީއަކާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ސިޓީއާއެކު ހުށަހަޅަން ޖެހޭކަމަށް އެ ކައުންސިލުން ބުންޏެވެ.

މި ދެ ކޯސް ހިންގޭނީ ކޮންމެ ދުވަހަކު ދެ ގަޑިއިރު ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293