twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ތަރައްގީކުރުމަށް ބޭރުގެ އެހީ ހޯދަނީ

Jul 29, 2014

ހދ. ކުޅުދުއްފުށީ ހިއްކި ސަރަހައްދު ތަރައްގީކުރުމަށް ބޭރުގެ އެހީ ހޯދުމަށް ބީއޯކިއު ހަދަމުން އަންނަކަމަށް ހައުންސިން މިނިސްޓްރީން ބުނެފި އެވެ.

ކުޅުދުއްފުށި އޮންލައިނުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުއްﷲ ޒިޔާދު ވިދާޅުވީ ކުޅުދުއްފުށިން ހިއްކާފައިވާ ސަރަހައްދު ތަރައްގީ ކުރުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އަށް ޕްރޮޕޯސަލް ހުށަހެޅުމަށްޓަކާ މިނިސްޓްރީން ބީއޯކިއު ހަދަމުން އަންނަކަމަށެވެ.

ސްޓޭޓް މިނިސްޓަރ ޒިޔާދު ވިދާޅުވީ މި މަޝްރޫއު ފެށުމުން އެ ސަރަހައްދުގައިވާ ސަރަހައްދީ ބަނދަރު ބޮޑުވެ އިތުރަށް ތަރައްގީވެގެން ދާނެ  އެވެ. އަދި މި މަޝްރޫއުގެ ދަށުން ހިއްކި ސަރަހައްދު ގިރުން ހުއްޓިގެން ދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މަޝްރޫއު ނިމިގެންދާއިރު އެ ސަރަހައްދުގައި ރީޖަނަލް ޕޯޓެއް ތަރައްގީވެ އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކަކަށް ފަސޭހަވެގެން ދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ހިއްކި ސަރަހައްދުގެ ހުރިހާ ދިމާލަކުން ގާތްގަނޑަކަށް 500 ފޫޓް މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށް މީގެ ކުރިން ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.

2010 ވަނަ އަހަރު ހިއްކި މި ސަރަހައްދުގެ ވަރަށް ބޮޑުބައެއް މީގެ ކުރިންވެސް ވަނީ ގިރައިގެން ގޮސްފައެވެ. އެ ސަރަހައްދު ހިއްކަން ވެލި އެޅިފަހުން އެ ސަރަހައްދުގެ ވެލިގަނޑު ހިފެހެއްޓުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355