twitterviber whatsapp telegramfacebookyoutube instagram
5th November 2025

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ނޫރު ޖަމިއްޔާއިން ކުޅުދުއްފުށީގައި ފަންޑު ފޮއްޓެއް ހުޅުވައިފި

Jul 24, 2014

ކުޅުދުއްފުށީ ނޫރު ޖަމިއްޔާއިން އިސްނަގައިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން މިރޭ ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

“ޣައްޒާ ފަންޑު ފޮށި” ނަމުގައި މި ރޭ ހުޅުވި މި ފަންޑު ފޮށި ހުޅުވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރެވެ. މިފަންޑު ފޮށި ހުޅުވައިދެއްވުމަށް ފަހު އާދަމް ނާސިރު ވިދާޅުވީ ވީ ވަރަކުން ވީހާވެސް ގިނަ ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށެވެ.

ނޫރު ޖަމިއްޔާއިން އިސްނަގައިގެން ހުޅުވިމި ފަންޑު ފޮށި ބަހައްޓާފައިވަނީ ކުޅުދުއްފުށީ “އެމްއޯސީ” ބުކްޝޮޕް އަދި “ސަފާޔާ” ފިހާރާގަ އެވެ.

ފަންޑު ފޮށި ހުޅުވުމަށް އެމްއޯސީ ކުރިމަތީގައި މިރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އަތޮޅު ކައުންސިލް މެންބަރުންނާއި ރައްޔިތުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355