twitterviber whatsapp telegramfacebookyoutube instagram
1st June 2026

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވައިފި

Jul 26, 2014

ދިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ކައުންސިލް އިދާރާގައި މިރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގައިވައިދެއްވީ އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރެވެ.

ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ޣައްޒާގެ ރައްޔިތުންނަން އެހީ ވުމުގެ ގޮތުން ފަންޑު ފޮއްޓެއް ވަނީ ހުޅުވާފަ އެވެ. މިފަންޑު ފޮށި ހުޅުވައިދެއްވީ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާތިފެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުންނަ މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ. މިރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ސަލާމުންނެވެ.

[yass cats=96]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355