twitterviber whatsapp telegramfacebookyoutube instagram
24th December 2025

ހއ އަތޮޅަށް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފަށަނީ

Aug 3, 2014

ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އިން ސީ ޕްލޭންގެ ދަތުރުތައް މި މަހުގެ ތެރޭގައި ހއ އަތޮޅަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަބުދުލް ހާރިޝް ވިދާޅުވީ މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފުޅާ ކުރުމުގެ ގޮތުން މި މަހު ހއ. އަތޮޅަށް ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރިސޯޓްތަކަށް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށުމަށްޓަކައި ހަދަންޖެހޭ އެއްބަސްވުންތައް ހަދައި، މަޝްވަރާތައް ކުރަމުންދާކަމަށްވެސް ހާރިޝް ވިދާޅުވި އެވެ.

މޯލްޑިވިއަންއިން މި އަހަރު އިތުރު ދެ ސީ ޕްލޭނެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ދަނީ ދެ ސީ ޕްލޭނެއް އޮޕަރޭޓް ކުރަމުންނެވެ.

2013  ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ފެށި ސީ ޕްލޭންގެ ހިދުމަތް މިހާރު ދަނީ ތ. އަތޮޅަށް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355