twitterviber whatsapp telegramfacebookyoutube instagram
28th September 2026

ހަނިމާދޫ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދާ، މީހަކު ހައްޔަރުކޮށްފި

Jul 27, 2014

ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒުގެ 12 ރަބަރު ޕެކެޓް ހޯދައި އެތަކެއްޗާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:05 ހާއިރު ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓްތައް ހޯދާފައިވަނީ ދަޅަކަށް އަޅައި، ފޮށިގަނޑެއްގެ ތެރޭގައި ރައްކާކޮށްފައި ވަނިކޮށް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކު މި ޖުލައިމަހުގެ 25 ވަނަ ދުވަހުގެ 13:15 ހާއިރު ހަނިމާދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އިއްޔެ 07 ދުވަހުގެ މުއްދަތެއް ދީފަ ކަމަށެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293