twitterviber whatsapp telegramfacebookyoutube instagram
8th July 2025

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުކުރަމުންދިޔަ މީހަކު ބާރަށުން ހައްޔަރުކޮށްފި

Jul 28, 2014

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުތައް ބަހައްޓަމުންދިޔަ މީހަކު ހއ. ބާރަށުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ގޭގޭ ފުރާޅަށް ގައު އުކާ ރަށުގެ މަގުތަކުގައި ހުރި ބައްތިތަކަށް ގެއްލުންދީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ފުޅި ގޮއްވާކަމުގެ ޝަކުވާތައް ލިބެމުންދިއުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި ފުޅި ގޮއްވުމުގައި ހަރަކާތްތެރިވަމުންދަނިކޮށް މަޑުކުރަން އެންގުމުން މަޑުނުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހައްޔަރުކޮފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު މި މައްސަލަ ދަނީ ހއ. ބާރަށު ޕޮލިސް ސްޓޭޝަން އަދި ދިއްދޫ ޕޮލިސް ސޮޓޭޝަން ގުލިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355