twitterviber whatsapp telegramfacebookyoutube instagram
10th September 2025

ކުޅުދުއްފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

Jul 27, 2014

ކުޅުދުއްފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ، ކުޅުދުއްފުށީ، މާވަހަރު ސާމީ އަލީ (21) އެވެ.

އޭނާ ދަންޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ދާދި ދެންމެއަކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ޒުވާނާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ދަންޖެހިފައި ހުރީ އެ ކޮޮޓަރީގެ މަތީގައި އަޅާފައި އޮތް ވަކަރެއްގައި ވާގަނޑެއް އައްސައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރަކު މައުލޫމާތު ދިންގޮތުގައި، ހޮސްޕިޓަލަށް އޭނާ ގެނެވުނުއިރު، މަރުވެފައި އޮތްތާ ގަޑިއެއްހާ އިރުވަނީ ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355