twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކޮށްފި

Jul 28, 2014

ކުޅުދުއްފުށީގައި ބޮޑު ޖަމާއަތެއްގައި ފިތުރު އީދު ނަމާދު މިއަދު ކޮށްފި އެވެ.

ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ހާހެއްހައި މީހުން ބައިވެރިވެފައި ވާކަމަށް މިކަން އިންތިޒާމު ކުރި ފަރާތުން ބުނެއެވެ. މިޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލުމްވެރިއާ އަދި ފިގްހު އެކަޑަމީގެ ނައިބު ރައީސް ޑރ. އިޔާޒެވެ.

އަންހެނުންނާއި ފިރިހެނުން އަދި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މިބޮޑު ޖަމާއަތުގައި ބައިވެރިވެފަ އެވެ. ކުރިން ޒޯން ސްޓޭޑިއަމްގަ އާއި ކުޅުދުއްފުށީ ހުކުރު މިސްކިތުގައި އެކަނި އީދު ނަމާދު ކުރަން ހަމަޖެހުނު ނަމަވެސް މޫސުން ހުރިގޮތުން ކައުންސިލުން ވަނީ މިސްކިތަކުގައި އީދު ނަމަދު ކުރާގޮތަށް ހަމަޖައްސާ ރޭ އެކަން އިއުލާން ކޮށްފަ އެވެ. ކުޅުދުއްފުށީގެ 4 މިސްކިތެއްގައި ވެސް ވަނީ މިއަދު އީދު ނަމާދު ކޮށްފަ އެވެ.

ބޮޑު ޖަމާއަތަށް މީހުން ގެންދިއުމަށް ހިލޭ ވަނީ ވެހިކަލް ތަކެއް ވެސް މިއަދު ހަމަޖައްސާފަ އެވެ. އީ ކުޅުދުއްފުށީގައި ހުސްބިމެއްގައި، ބޮޑު ޖަމާއަތެއްގައި ފިތުރު ނަމާދު ކުރި ފުރަތަމަ ފަހަރެވެ.

މި ސަރަހައްދުގެ ބައެއް ރަށްރަށުގައި ވެސް ވަނީ ހުސްބިންތަކުގައި އީދު ނަމާދު ކޮށްފަ އެވެ. މިދިޔަ އަހަރު އަލްހާ އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކޮށްފައިވަނީ ޒޯން ސްޓޭޑިއަމްގަ އެވެ.

[yass cats=97]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355