twitterviber whatsapp telegramfacebookyoutube instagram
11th April 2026

މިސްޓަރ ބައިބަލާއަކަށް އަހުމަދު، ޗެމްޕިއަން ޓީމަކަށް ޖެމްރޮކް

Aug 2, 2014

“ޕެރަ ބައިބަލާ ޗެލެންޖް”ގެ މިސްޓަރ ބައިބަލާއަކަށް ޖެމްރޮކްގެ އަހުމަދު ދާއޫދު ހޮވުނުއިރު ޗެމްޕިއަންކަން ހޯދައިފައިވަނީ ޖޭމްރޮކް އެވެ.

ގަދަ ހިފުމަކަށް ގޮސްގެން ނަތީޖާ ނެރުނު މި ފައިނަލް މެޗްގައި ނިއުއޭޖްއާ ވާދަކޮށް ޖެމްރޮކް ޗެމްޕިއަންކަން ހޯދައިފައިވަނީ 3-2 ސެޓުންނެވެ.

މި މުބާރާތުގެ މިސްޓަރ ބައިބަލާގެ އިތުރުން އަހުމަދު ދާއޫދު ވަނީ އެންމެ މޮޅު އެޓޭކަރގެ މަގާމުވެސް ހޯދާފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދާފައިވަނީ ކަންމަތީ ޓީމުގެ އަބޫބަކުރު ހަސަނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމް ޖެމްރޮކަށް 5000 ރުފިޔާ ދީފައިވާއިރު ރަނަރަފް ޓީމްކަމަށްވާ ނިއުއޭޖަށް 3000 ރުފިޔާ ދީފައިވެ އެވެ. އަދި މިސްޓަރ ބައިބަލާ އަހުމަދަށް 1000 ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.

މީގެ އިތުރުންވަނީ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންވެސް ހޮވާފަ އެވެ. އެއީ ޖެމްރޮކްގެ އަހްމަދު ދާއޫދު، ކަންމަތީގެ އަބޫބަކުރު ހަސަން, ނިއުއޭޖްގެ އަމްޖަދު ހަސަން، ނިއުއޭޖްގެ އަޙްމަދު އަލީ އަދި މަންގަޑުގެ ހުސައިން އަބްދުއްރަޝީދެވެ.

ފިތުރު އީދާ ދިމާކޮށް ކުޅުދުއްފުށީ ހިއްކި ބިމުގައި ބޭއްވުނު މި މުބާރާތުގެ ފެއަރޕްލޭ ޓިމަކަށް ހޮވިފައިވަނީ ކަންމަތި ޓީމެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމަކުންނެވެ. އެއީ ޖެމްރޮކް، ނިއުއޭޖް، ކަންމަތި، މަންގަނޑު އަދި ދަލުބޭރު އެވެ.

[yass cats=99]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355