twitterviber whatsapp telegramfacebookyoutube instagram
14th May 2025

ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

Aug 5, 2014

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ސައިކަލަކާ ޕިކަޕަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިިއަދު ހެނދުނު 8:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ ސައިކަލު ދުއްވަންއިން ކުޅުދުއްފުށީ، ފިޔާތޮށީގެ އާދަމް މުހައްމަދަ (46) އަށެވެ. އޭނާއަށް ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފުވާގޮތް ވަނީ އަދި ނުވެފައި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި 46 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަންއިން އަހުމަދު ޤާސިމް ޒެމްބިޔާ (19) އެއްވެސް އަނިޔާއެއް ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ސައިކަލު އޯވަޓޭކް ކުރަނިކޮށް، ފަހަތަށް ޖަހަޖަހާއޮތް ޕިކަޕް ކުރިއަށް ދުއްވާލުމުން ޕިކަޕްގެ ކުރީ ކަނާތްފަރާތު ބަފަރު ސައިކަލުގައި ޖެހި ސައިކަލު ވެއްޓުނު ވަގުތު ސައިކަލު ޕިކަޕުގެ ބަފަރު ދަށު ވެގެންނެވެ.

މިކަމާ ގުޅޭގޮތުން ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355