twitterviber whatsapp telegramfacebookyoutube instagram
14th May 2025

ދިއްދޫ ހޮސްޕިޓަލާއި އުތުރުގެ ދެ ރަށެއްގެ ހެލްތް ސެންޓަރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

Aug 7, 2014

ހއ. ދިއްދޫ ހޮސްޕިޓަލާއި ހއ. މޮޅަދޫ ސިއްހީ މަރުކަޒު އަދި ހދ. ހަނިމާދޫ ސިއްހީ މަރުކަޒު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ އެވެ.

މި ތިން އިމާރާތުގެ ތެރެއިން ހއ. މޮޅަދޫ ހެލްތު ސެންޓަރުގެ މަސައްކަތް ރަޒާ ކޮންސްޓްރަކްޝަނާއި ހަވާލު ކުރެވިފައިވަނީ 2 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށް 583152ރ އަށެވެ.

58 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް 496263ރ ގެ ބަޖެޓަކުން ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލާއި އެތަނުގެ ލޯންޑްރީ އަދި އައިސީޔޫ މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ އެމްއެންބީ ކޮންސްޓްރަކްޝަނާ އެވެ.

ހދ. ހަނިމާދޫ ހެލްތު ސެންޓަރު މަރާމާތުކުރަން ހަވާލުކުރީ ބްރޯހުޑް ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް 1.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ 87 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ޑރ. ޝަކީލާ ވިދާޅުވީ ހާލަތު ދަށްކޮށް ހުރި ގާތްގަނޑަކަށް 70 ވަރަކަށް މަރުކަޒުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި މަރާމާތު ނުކުރާތާ އެތައް އަހަރެއްވީ ސިއްހީ މަރުކަޒުތައް އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކިތަންމެ ގިނަ މެޝިނަރީ އާއި އިކުއިޕްމަންޓްތައް ހުއްޓަސް އިންފްރާސްޓްރަކްޗަރ ރަނގަޅު ވުމެއް ނެތި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355