ޅެންވެރިކަން ދަސްކޮށްދިނުމުގެ ހާއްސަ ކުލާސްތަކެއް ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި އެވެ.
ދެ ދުވަހުގެ މުއްދަތަށް، އަށް ގަޑިއިރަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި ކުލާހުގައި ކިޔަވައިދެއްވާފައިވަނީ މަޝްހޫރު ޅެންވެރިޔާ އާދަމް ޒާހިރު (ކުރޮޅި) އެވެ.
މި ކުލާހުގައި ބައިވެރިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޖަލާލުއްދީން ސްކޫލުގެ އޭ ލެވެލް ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކަމަށް ޖަލާލުއްދީން ސްކޫލުން މައުލޫމާތު ދިނެވެ.
22 ކުދިން މި ކުލާހުގައި ބައިވެރިވެފައިވާއިރު ކުދިންނަށް ފުރުސަތުދީފައިވަނީ ނަން ނޯޓުކުރި ތަރުތީބުން ކަމަށްވެސް އެ ސްކޫލުން މައުލޫމާތު ދިނެވެ.
“ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް ލިބުނީމަ. ކުރިން ހީކުރީ ވަރަށް އުނދަގޫ ކަމެކޭ ޅެން ހެދުމަކީ. 8 ގަޑިއިރު ތެރޭގައި ދަސްވާނޭ ބުނުއްވީމަ ގަބޫލުކުރަން ދަތިވި. އެކަމަކު ވަރަށް އުފާވޭ މިހާ އަވަހަށް ދަސްވީމަ. އުސްތާޒަށް ވަރަށް ޝުކުރު އަދާކުރަން” މި ކުލާހުގައި ބައިވެރިވި ދަރިވަރެއް ކަމަށްވާ
ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ސީމާ ހަސަން ބުންޏެވެ.
މި ކުލާސްތަށް ނިންމުމުގެ ގޮތުން ރޭ ވަނީ ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ދީފަ އެވެ.
މި ކުލާސް ހިންގާފައި މި ވަނީ އާދަމް ޒާހިރު އިސްނަންގަވައިގެން ކަން ފާހަގަކޮށްލެ އެވެ.