twitterviber whatsapp telegramfacebookyoutube instagram
28th September 2026

ހަދަން ނިންމާފައިވާ މަގުތަކުގެ މަސައްކަތް ނުފެށި ލަސްވެފައިވާތީ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

Aug 12, 2014

2013 ވަނަ އަހަރު ރައީސް ވަހީދުގެ ސަރުކާރުން ހަނިމާދޫގައި ތާރު އަޅައިގެން ހަދަން ނިންމާފައިވާ މަގުތަކުގެ މަސައްކަތް ނުފެށި ލަސްވެފައިވާތީ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން ހަނިމާދޫ ކައުންސިލުގެ ރައީސް ރާޒީ ވިދާޅުވީ ހަނިމާދޫގެ މަގުތަކަކީ އަޑި ގުޑަންތައް ގިނަ ވާރޭ ވެހުމުން މަގުތަކުގައި ފަސޭހައިން ފެން ބޮޑުވާ މަގުތަކެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވެހިކަލް ދުއްވާ ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނިމާދޫ މަގުތައް ހަދަން ނުފެށި ލަސްވާ ސަބަބެއް ހޯދުމަށް ކައުންސިލުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި މަގުތައް ނުފެށި ވަނީ ކީއްވެކަން އެމްއާރުޑީސީއިން ކައުންސިލަށް އަންގާފައި ނުވާ ކަމަށްވެސް ރާޒީ ވިދާޅުވި އެވެ.

މީގެ ކުރިން މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ނަޒީމް ވިދާޅުވީ 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ހަނިމާދޫ ޑަންޑެހެލް މަގާއި އިތުރު 12 މަގެއް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސް ވަހީދުގެ ސަރުކާރުގައި އެމްއާރުޑީސީއަށް ވަނީ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293