twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލްގައި މި އަހަރު އަލަށް ހޮވުނު ޕްރިފެކްޓުން ހުވާކޮށްފި

Aug 13, 2014

ޖަލާލުއްދީން ސްކޫލުގައި މި އަހަރު އަލަށް ހޮވުނު ޕްރިފެކްޓުން ހުވާކޮށްފި އެވެ.

ޖަލާލުއްދީން ސްކޫލުގައި މި އަހަރު އަލަށް ހޮވުނު ޕްރިފެކްޓުން ހުވާކުރުން އޮތީ މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވި އެސެންބްލީގައި އެވެ. މިއަހަރު ހޮވުނު 21 ޕްރިފެކްޓުންނަށް ހުވާލައި ދެއްވީ ސްކޫލްގެ ލީޑިން ޓީޗާރ އައިމިނަތު މުހައްމަދެވެ.

އަލަށް ހުވާކުރި ޕްރިފެކްޓުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވުމަށްފަހު ޝަރަފުވެރި މެހެމާނު ގައުމީ ޔުނިވާރސިޓީގެ ލެކްޗަރާ މުހައްމަދު ހުސެއިން ދެއްކެވި ވާހަކައިގައި ދަރިވަރުންގެ އަހުލާގުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ސްކޫލު ތެރޭގައާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވި އެވެ.

އަދި މުޖުތަމައު ތެރޭގައި ފެންނަ ރަނގަޅު ކަންކަން ނަކަލު ކުރުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވި އެވެ. ވަކިން ހާއްސަކޮށް ޕްރިފެކްޓުންނަކީ އެހެން ދަރިވަރުންނަށް ނަމޫނާ ދައްކާ ދަރިވަރުންނަން ވުމަށް ނަސޭހަތްތެރި ވެލެއްވި އެވެ.

ޖަލާލުއްދީން ސްކޫލުގައި މިއަހަރު 504 ދަރިވަރަކު ތައުލީމު ހާސިލު ކުރަމުންދާއިރު ޕްރިފެކްޓުން އަދަދަކީ 69 އެވެ.

[yass cats=101]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355