twitterviber whatsapp telegramfacebookyoutube instagram
28th September 2026

އުތީމުން އާސާރީ އެއްޗެހިތަކެއް ފެނިއްޖެ

Aug 17, 2014

ހއ އުތީމު ބޯޅަދަނޑު އެއްވަރުކުރުމުގެ މަސައްކަތް މިއަދު ކުރަމުން ދަނިކޮށް އެހިސާބުން އާސާރި ތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދެމުން އުތީމު ކައުންސިލްގެ ނައިބުރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިތަކެތި ފެނިފައިވަނީ ދަނޑުގެ ލެވެލް އެއްވަރު ކުރުމުގެ މަސައްކަތް ބަނދަރުގެ ކޮންޓްރެކްޓާރ ހެވީ ފޯސްގެ އެހީތެރިކަމާއިއެކު ކުރަމުން ދަނިކޮށް މެންދުރު ކުރި 11 ޖަހާކަށް ހާއިރު ކަމަށެވެ.

ފެނުނުތަކެތީގެ ތެރޭގައި ކުރީ ޒަމާނުގައި މީހުން ފެންއަޅަން ގެންގުޅުނު ޒާތުގެ 3 ގުޅި ފެނިފައިވާ ކަމަށާއި ގުޅި ތެރޭގައި އިތުރު ކުދި ތަށިތަކެއްވެސް ފެނިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން 2 ބަސްތާ ބޮލިވެސް ފެނިފަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މި ފެނުނު ތަކެތި މިހާރު ހުރީ އުތީމު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.

އުތީމުގައި ދަނޑުވެރިކަން ކުރި ދުވަސްވަރުވެސް މިފަދަ އާސާރީ ތަކެތި ފެނިފައިވެ އެވެ. އަދި ރަށުގެ މުސްކުޅިން ބުނާގޮތުގައި ބޯޅަ ދަނޑު ހުރި ސަރަހައްދަކީ ކުރިން މީހުން ދިރިއުޅުނު ހިސާބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293