twitterviber whatsapp telegramfacebookyoutube instagram
1st June 2026

އާއިލީ ޑޮކްޓަރުންގެ ހިދުމަތަށް ކުޅުދުއްފުށިން 4 ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި

Aug 23, 2014

އާއިލީ ޑޮކްޓަރުންގެ ހިދުމަތަށް ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން އެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި މިހާތަނަށް މި ސްކީމުގައި ގާތްގަނޑަކަށް 4000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި އެއީ އާބާދީގެ 50 އިންސައްތަ ކަމަށެވެ.

މުހައްމަދު ހަސަން ވިދާޅުވީ ރަޖިސްޓްރީ ކުރުމުގެ ހުރިހާކަމެއް ނިމުމާއެކު ހުސްނުވާ އާސަންދައިގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށާއި މިހާރު ރަޖިސްޓްރީ ކުރުމުގެ ކަންތައްކުރިއަށް ދަނީ ގޭގެއަށް ވަކިން ދައުވަތުދީގެން އެކި ގަޑިތަކަށް ބަހާލައިގެން ކަމަށެވެ.

ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ކޮންމެ ބަންދުނޫން ދުވަހެއްގެ ހެނދުނު އަށަކުން ރޭގަނޑު އަށަކަށް ޕަބްލިކް ހެލްތް ޔުނިޓްގަ އެވެ .

ކޮންމެ އާއިލާއަކަށް ޑޮކްޓަރަކު ހަމަޖެއްސެވުން އެއީ މިސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާފައިވާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355