twitterviber whatsapp telegramfacebookyoutube instagram
11th April 2026

ސްކޫލުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

Aug 19, 2014

ސްކޫލުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ލައިފް ސްކިލްގެ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމު ކޮށްގެން އިއްޔެ ހދ. އޭއީސީގެ ޓީއާރުސީގައި ފެށި މި ޕްރޮގްރާމަކީ މާސްޓާރ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކަމަށް ޓީއާރްސީ ގެ ކޯޑިނޭޓާރ އަބްދުއްރަޝީދު ސައީދު ވިދާޅުވި އެވެ.

ޖުމްލަ 24 ޓީޗަރުން ބައިވެރިވި މި ޕްރޮގްރަމަކީ 9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލްގެ އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހދ އަތޮޅުގެ 9 ރަށެއްގެ ސްކޫލަކުން މިޕްރޮގްރާމުގައި ވަނީ ބައިވެރިވެފަ އެވެ. އެއީ ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ، ނެއްލައިދޫ، ވައިކަރަދޫ، ފިނޭ، ކުރިނބީ، ނައިވާދޫގެ އިތުރުން މަކުނުދޫ އެވެ.

ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ޖުމްލަ ދިގުމިނަކީ 60 ގަޑި އިރުކަމަށް އަބްދުލްރަޝީދު ވިދާޅުވި އެވެ.

ހދ.އަތޮޅު ސްކޫލުތަކުގެ މުވައްޒަފުންނަން އަމާޒުކޮށްގެން ކުރިއަށްގެންދާ މިޓްރެއިނިން ޕްރޮގުރާމް ކޯޑިނޭޓު ކުރަނީ ޖަލާލުއްދީން ސްކޫލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355