twitterviber whatsapp telegramfacebookyoutube instagram
14th May 2025

ކުޅުދުއްފުށީގައި ޑައިވިން ދަސްކޮށްދިނުމުގެ 2 ކޯހެއް ފަށަނީ

Aug 21, 2014

އޯސިސް ޑައިވް ކުލަބް މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީގައި ޑައިވިން ދަސްކޮށްދޭ 2 ކޯހެއް ފަށަން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އޯސިސް ޑައިވިން ކުލަބުގެ މެނޭޖަރ އިސްމާއިލް މާހިރު ވިދާޅުވީ ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ 2 ކޯހަކީ އޯޕަން ވޯޓާރ ކޯހަކާއި އެޑްވާންސް އޯޕަން ވޯޓާރ ކޯހެއް ކަމަށެވެ. މީގެ ތެރެއިން އޯޕަން ވޯޓާރ ކޯސް 4 ދުވަހަށް ކުރިއަށް ގެންދާއިރު އެޑްވާންސް އޯޕަން ވޯޓާރ ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 3 ދުވަހަށް ކަމަށް މާހިރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ކައިރީގައި އޮންނަ މޫދަށް އެރޭ ސަރަހައްދުގައި ކޯހުގެ އެކްޓިވީޓީސްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު ތިއަރީ ކުލާސްތައް ނަގަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ރަށްވެހިގޭގަ ކަމަށް އިސްމާއިލް މާހިރު ވިދާޅުވި އެވެ.

ސެޕްޓެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާ މި  ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 7960475 ގުޅުއްވައިގެން ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. އަދި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޯހެއްގައިވެސް މަދުވެގެން 7 ކުދިން ބައިވެރިވުމުން ކަމަށް އޯސިސް ޑައިވް ކުލަބް މޯލްޑިވްސްއިން މައުލޫމާތުދެ އެވެ.

އެޑްވާންސް އޯޕެން ވޯޓާރ ކޯހުގެ ފީ އަކީ 4500 ރުފިޔާ އެވެ. އަދި އޯޕެން ވޯޓާރ ކޯހުގެ ފީ އަކީ 3500 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355