twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލްގައި ސައިންސް ދުވަސް ބާއްވައިފި

Aug 23, 2014

ޖަލާލުއްދީން ސްކޫލުގައި ސައިންސް ދުވަސް ފާހަގަ ކޮށްފި އެވެ.

30 ކުދިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 6:45 ން ހަވީރު 5 ށެވެ.

ކެމިސްޓްރީ، ބައޮލޮޖީ، ފިޒިކްސް އަދި މެރިން ސައިންސްގެ ދަރިވަރުން ބައިވެރިވި މި ހަރަކާތް ހުޅުވައިދެއްވީ ގައުމީ ޔުނިވާރސިޓީގެ ލެކްޗަރާ އަދި ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލެވެ.

ސައިންސް ދުވަހަށް ކުދިން ހޮވާފައިވަނީ މިއަހަރު ފުރަތަމު ޓާރމްގެ ނަތީޖާ ރަގަނޅު ދަރިވަރުންނަށް ބެލުމަށް ފަހު ކަމަށާއި މި ސައިންސް ދުވަހުގެ މަގުސަދަކީ ޓެސްޓް ޕޭޕާރ “އަލްޓަރނޭޓިވް ޓު ޕްރެކްޓިކަލް” އަށް ފަރިތަކުރުން ކަމަށް ޖަލާލުއްދީން ސްކޫލުގެ ލީޑިން ޓީޗަރު އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.

މިކަމުގައި ދަރިވަރުންގެ ބެލެނިވެރިން ވެދެއްވި އެހީތެރިކަން އެ ސްކޫލުން ފާހަގަކުރެ އެވެ.

[yass cats=105]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355