“ކޮމެޑީ ނައިޓްސް ވިތް ކަޕިލް”އިން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި ކޮމެޑިއަން ކަޕިލް ޝަރްމާ ބޮލީވުޑްގެ ފިލްމެއް ކުޅުމަށް ތައްޔާރު ވެއްޖެ އެވެ.
ޑައިރެކްޓަރ އައްބާސް – މުސްތާން ޑައިރެކްޓްކުރާ މި ފިލްމްގެ ޝޫޓިން ނޮވެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާއިރު މި ފިލްމްގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކަޕިލް ބުނިގޮތުގައި އޭނާ މި ފިލްމް ކުޅެން ނިންމީ މި ފިލްމްގެ ސްކްރިޕްޓާ މެދު ހިތްހަމަޖެހޭތީ ކަމަށެވެ.
މީގެ ކުރިން ޔަސްރާޖްގެ “ބޭންކް ޗޯރް”އިން ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވި ކަޕިލް އާއި ޔަސްރާޖްއާ ދެމެދުވި ހިޔާލު ތަފާތުވުން ތަކެއްގައި ކަޕިލް އެ ފިލްމްއިން ބޭރުކޮށް އެ ފިލްމް ވަނީ ރިޓޭޝް ދޭޝްމުކަށް ދީފަ އެވެ.
އައްބާސް – މުސްތާނަކީ “ރޭސް” އަދި “ބާޒިގަރު” ފަދަ ހިޓް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ދެ މީހުންނެވެ.