twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Aug 26, 2014

އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި 36 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. އެ ފިރިހެން މީހާގެ ނަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު އެއީ ކުޅުދުއްފުށީ މީހެއްކަންވެސް އެނގޭގޮތް ވަނީ ނުވެފަ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ދުވަހުގެރޭގެ ވަގުތެއްގައި އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން ވަނީ 14 ދުވަސް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355