twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަންހެނުންގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން މާދަމާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިދުމަތް ދޭން ފަށަނީ

Aug 27, 2014

އަންހެނުންގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން މާދަމާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ފަށާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ހަދީޖާ އަލީ ވިދާޅުވީ މިނިސްޓްރީން ފޮނުވާ މި ދެ ޑޮކްޓަރުން މިއަދު ހަވީރު ކުޅުދުއްފުއްޓަށް އަންނާނެ ކަމަށާއި މާދަމާ ބަލި މީހުން ބަލަން ފަށާނެ ކަމަށެވެ.

މި ދެ ޑޮކްޓަރުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލި މީހުން ބަލާނީ ހަފުތާއެއް ވާދެން ކަމަށްވެސް ހަދީޖާ ވިދާޅުވި އެވެ. އަދި މިނިސްޓްރީއިން މެދުކެނޑުމެއް ނެތި ޑޮކްޓަރުން ފޮނުވަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުވީ ޗުއްޓީއެއް ގައިކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355