twitterviber whatsapp telegramfacebookyoutube instagram
1st June 2026

ށ. އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފި

Aug 28, 2014

ށ. އަތޮޅު ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ.

އިއްޔެ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ ރޯޝަނީގެ އަބްދުލް ޣަފޫރު އާއެވެ.

އެ ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ މަރާމާތްކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހިންގުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމެވެ.

މި ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް އަބްދުލް ޣަފޫރު އާދަމްއާ ހަވާލު ކޮށްފައިވަނީ 681535ރ. އަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލުގެ ސީލިންގް މަސައްކަތާއި ފާރުގައި އަޅާފައިވާ ރެނދުތައް މަރާމާތުކުރުމާއި ފާހާނާ މަރާމާތުކުރުން ފަދަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ށ. މިލަންދޫ އާއި އެ އަތޮޅު ބިލެއްފަހި ސިއްހީ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި އޯގަސްޓްމަހު 6 ވަނަ ދުވަހުވެސް ވަނީ ހއ. ދިއްދޫ ހޮސްޕިޓަލުގެ އިތުރުން އުތުރުގެ 2 ސިއްހީ މަރުކަޒެއް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި އެއިރު ހެލްތް މިނިސްޓަރ މަރްޔަމް ޝާކީލާ ސޮއި ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355