twitterviber whatsapp telegramfacebookyoutube instagram
17th April 2024

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ހަނިމާދޫ ސްކޫލް ގުޅިގެން އެވެއާނެސް ޕްރޮގްރާމެއް ހިންގައިފި

Aug 31, 2014

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ހަނިމާދޫ ސްކޫލް ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް އެވެއާނެސް ޕްރޮގްރާމެއް ހިންގައިފި އެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މި ނޫހަށް މައުލޫމާތުދެމުން ބުނީ މި އެވެއާނެސް ޕްރޮގްރާމުގައި ހަނިމާދޫ ސްކޫލުގެ ގުރޭޑް 8،9،10 އަދި 11 ދަރިވަރުންނަށް ރަނގަޅު ގޮތުގައި އިމްތިހާނަށް ތައްޔާރުވުމަށް ފިލާވަޅު ދަސްކުރާނެ ގޮތާބެހޭ ގޮތުން މައުލޫމާތުދީފައިވާނެ ކަމަށެވެ.

އަދި ސޯޝަލް މީޑިޔާ ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތާއި ދީނީ ކަންކަންބެހޭ ގޮތުންވެސް ދަރިވަރުން ވަނީ ހޭލުންތެރިކޮށްފަ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދިނެވެ.

އަދި މީގެއިތުރުން ސޯޝަލް މީޑިޔާގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުން ހަނިމާދޫ ސްކޫލުގެ ބެލެނިވެރިންނަށާއި ހަނިމާދޫ ޕްރީސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ވަނީ ބާއްވާފަ އެވެ.

ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ޝެއިހް މުހައްމަދު ޝިނާނު އާއި މުޖުތަބާ ހަމީދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355