twitterviber whatsapp telegramfacebookyoutube instagram
10th September 2025

އެއް ގަޑިއިރަށް ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި 34 އުޅަނދެއް ބަލައި ފާސްކޮށްފި

Aug 30, 2014

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުޅުދުއްފުށީގައި އެއް ގަޑިއިރަށް ހިންގި ހާއްސަ ޓްރެފިކް އޮޕަރޭޝަނެއްގައި 34 އުޅަނދު ބަލއި ފާސްކޮށްފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ 21:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ޓްރެފިކް އޮޕަރޭޝަނަކީ ކުޅުދުއްފުށީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ ޓްރެފިކް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރި އުޅަނދު ތަކެއްތޯ ބެލުމާއި އެ ކަމަށް ރައްޔިތުންދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި 34 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު 09 އުޅަދެއް އެއްގަމު ދަތުރުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ރަގަޅުކުރަންޖެހޭ ބައެއް ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ރަގަޅުކުރުމަށް މި އޮޕަރޭޝަނަގައި އިރުޝާދު ދީފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355