twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހއ. އަތޮޅަށް މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ފަށައިފި

Sep 2, 2014

މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް މިއަދު ހއ. އަތޮޅަށް ފަށައިފި އެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ހއ މަނަފަރު ރިސޯޓަށް ކުރުމަށް ނިންމާފައިވާ އިރު ކޮންމެ ދުވަހަކު ދެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށްއޮތް ހަފްތާއިން ފެށިގެން އެ ދަތުރުތައް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަފަށާފައިވާ އިރު މޯލްޑިވިއަންގެ ސީޕްލޭންތައް ދަނީ މިހާރުވެސް ތ އަތޮޅަށް ކުރަމުންނެވެ.

މީގެ އިތުރުން ހއ. އަތޮޅާއި ތ. އަތޮޅުގެ އިތުުރުން އެހެން ދެ އަތޮޅަކަށް ވެސް އެ ކުންފުނީގެ ސީޕްލޭންގެ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވިއަނުން އިތުރު ދެ ސީ ޕްލޭން ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355