twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ. އޭއީސީގެ “ލޭންގުއޭޖް ވީކް” ފެށިގެން ކުރިއަށް ދަނީ

Sep 3, 2014

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ “ލޭންގުއޭޖް ވީކް” ފެށިގެން ކުރިއަށް އެބަދެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފެށުނު މި ހަރަކާތް އަންނަ ހަފުތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

ހުރިހާ ގުރޭޑް ތަކަކުން ކުދިން ބައިވެރިވާ މި ހަރަކާތުގައި ބަހުސް، ޑްރާމާ، އެކްޝަން ސޯވ، މަދަހަ ކިޔުން ފަދަ އެތަކެއް ހަރަކާތް ތަކެއް ކުރިއަށް ދާނެ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.

ހައުސްތަކުގެ މެދުގައި ކުރިއަށްދާ މި ހަރަކާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހެއް އަދި ނިންމާފައިނުވާ ކަމަށްވެސް އެނާ ވިދާޅުވި އެވެ.

މި ހަރަކާތަކީ ދަރިވަރުންގެ ހިތްތަކުގައި ބަހަށް ލޯބި ޖައްސާ އިގިރޭސި އަދި ދިވެހި ބަހަށް ފަރިތަކުރުވުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއް ކަމަށް ސްކޫލުން ބުނެ އެވެ.

[yass cats=109]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355