twitterviber whatsapp telegramfacebookyoutube instagram
11th April 2026

އަފީފުއްދީން ސްކޫލުން ޖަމްބަލް ސޭލެއް ބާއްވައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

Sep 6, 2014

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ޖަމްބަލް ސޭލެއް ބާއްވައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އެގޮތުން އެ ސްކޫލްގެ ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ)ގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި މި ޖަމްބްލް ސޭލްއިން 51946ރ. ލިބިފައިވާ ކަމަށް އެ ސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް ގުރައިޝާ އާދަމް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

6 ސްޓޯލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ސޭލު ހުޅުވައިދެއްވާފައިވަނީ ހދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް އަހުމަދު އާތިފާއި އަތޮޅު ކައުންސިލް މެމްބަރު އަބްދުއްލަތީފް ހަސަނާއި އަބްދުﷲ މުހައްމަދާއި އުއްމުކުލްސޫމް އިބްރާހީމާއި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ހަދީޖާ އަލީ އެވެ.

ސްޓޯލުތަކުގައި ހިފާ ގެންގުޅޭ ސާމާނާއި ކަރަންޓް ސާމާނާއި ކުޅޭސާމާނާއި ކާބޯތަކެއްޗާއި ގިނަ އަދަދެއްގެ އަންނައުނުގެ އިތުރުންވެސް ތަފާތު ބާވަތްތައް ވިއްކަން ބަހައްޓާފައިހުރިއިރު ކޮންމެ ސްޓޯލެއްގައި ފަންޑް ފޮށްޓެއްވެސް ބަހައްޓާފައި ހުއްޓެވެ.

ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ސޭލް އިއްޔެ މެންދުރު ފަހު 2:30 ން ރޭގަނޑު 10:00 ށް ކުރިއަށް ގެންދިޔަ އެވެ.

[yass cats=111]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355