twitterviber whatsapp telegramfacebookyoutube instagram
24th December 2025

އަފީފުއްދީން ސްކޫލްގެ ސްޕޯރޓްސް މީޓް ފަށައިފި

Sep 8, 2014

އަފީފުއްދީން ސްކޫލްގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ސްޕޯޓްސް މީޓް އިއްޔެ ފަށައިފި އެވެ.

ޖުމްލަ 11 އިވެންޓާއެކު ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ފެށި މި އިވެންޓްގައި އެ ސްކޫލުގެ ޖުމްލަ 187 ދަރިވަރަކު ބައިވެރިވެފައި ވެއެވެ.

ޝަޓަލް ރިލޭއާއި، ސޮފްޓް ބޯލް ތްރޯއާއި، ޓަނަލް ބޯލް އަދި ގޯނި ރޭސް ފަދަ ކުޅިވަރު ހިމެނިގެން އިއްޔެ ފެށުނު މި ސްޕޯޓް މީޓް މިއަދު ހަވީރުވެސް ކުރިއަށް ދާނެ އެވެ.

އެ ސްކޫލުގެ 4 ހައުސް ކަމަށްވާ ޣާޒީ، ފަރީދީ، މަޖީދީ އަދި އަމީނީ ހައުސްގެ މެދުގައި ކުރިއަށްދާ މި ސްޕޯޓްސް މީޓް ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޭއްތިބުމުށާއި ވާދަވެރިކަމާއިއެކު މަސައްކަތް ކޮށް ކާމިޔާބު ހޯދުމަށް ފުރުސަތު ހޯދައިދިނުން ކަމަށް އެ ސްކޫލުން މައުލޫމާތުދެ އެވެ.

[yass cats=113]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355