twitterviber whatsapp telegramfacebookyoutube instagram
12th August 2026

ސާފުތާހިކަމުގެ ހުއްދަ ނުނަގާ ކާބޯތަކެތި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

Sep 11, 2014

ޕަބްލިކް ހެލްތް ޔުނިޓުގެ ސާފިތާހިރު ކަމުގެ ހުއްދަ ނުނަގައި ކުޅުދުއްފުށީގައި ކާބޯތަކެތި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގެ ބައެއް ގޭގޭގައި ކާބޯތަކެތި ވިއްކުމާއި ސަޕްލައި ފެން އިތުރަށް ފިލްޓަރކޮށްގެން ވިއްކާކަމުގެ މައުލޫމާތު ކައުންސިލަށް ވަނީ ލިބިފައެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކަމުގެ ހުއްދަ ނުނަގާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ސާފުތާހިރުކަމުގެ ހުއްދަ ނެގުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ އިއުލާނުގައި ވާގޮތުން މި ހުއްދަ ނުނަގާ މިފަދަ ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކާމެދު އެ ކައުންސިލުން ފިޔަވަޅު އަޅާނެ އެވެ. އެގޮތަށް ފިޔަވަޅު އަޅަން ނިންމީ ސާފުތާހިރުކަން ކުޑަގޮތެއްގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ ސިއްހީގޮތުން ވަރަށް ނުރައްކާތެރިކަމެއް ކަމަށް ވާތީ ކަމަށާއި ފެނުގެ ސަބަބުން ނުރައްކާތެރި ބަލިތަކެއް ފެތުރުމަކީވެސް އެކަށީގެންވާ ވާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355